އެމްއެންޕީއާއެކު ޕީޕީއެމް-ޕީއެންސީން ކޯލިޝަން ހަދައިފި

ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއެކު ކޯލިޝަނެއް އެކުލަވާލައި އެކުގައި މަސައްކަތްކުރުމަށް ޕީޕީއެމް/ޕީއެންސީއިން ނިންމައި ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވިއަބްދުއްރަހީމް އަބްދުﷲ އެވެ. އެމްއެންޕީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް ކުރީގެ ދިފާއީ ވަޒީރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި އެއްބަސްވުމުގެ މަގުސަދަކީ ކުރިއަށްއޮތް 5 އަހަރު ރައްޔިތުންނާއި ގައުމަށް ލާބަޔާއި މަންފާހުރި ގޮތުގައި ހިދުމަތްކުރުން ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ސިޔާސާތަކީ އެންމެ ފުރަތަމަ ގައުމު ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކޯލިޝަން އެކުލަވާލުމުގައި އަބަދުވެސް ބެލީ އެމްއެންޕީގެ އުސޫލުތަކުގައި ހިފަހައްޓާ ބަޔަކާއެކު ކުރިއަށްދިއުން ކަމަށެވެ. އަދި ޕީޕީއެމްޕީއެންސީގެ މެނިފެސްޓޯއަކީ އެމްއެންޕީއިން އެކުލަވާލި މެނިފެސްޓޯފަދަ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އެކުލަވާލެވިފައިވާ މެނިފެސްޓޯއެއްކަން ނާޒިމް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އުއްމީދަކީ އެމްއެންޕީއާއެކުއިންތިހާބުގެ ދެވަނަބުރު ކާމިޔާބުކޮށް ރައްޔިތުންގެ ހައްގުގައިކުރާ މަސައްކަތް ކާމިޔާބުވުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ