ހަނިމާދޫ ސްކޫލް ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރުކުރުމުގެ ހަރަކާތްތަކެއް އެންއައިއީން ކުރިއަށް ގެންގޮސްފިއެވެ.
“އެކްޓިވް ލާރނިންގ” ނަމުގައި ކުރިއަށް ގެންދިޔަ މި ތަމްރީން ފެސިލިޓޭޓްކޮށްދެއްވާފައިވަނީ ނޭޝަނަލް އިންޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ސީނިއަރ ކަރިކިޔުލަމް ޑިވެލޮޕްމެންޓް އެނަލިސްޓުން ކަމުގައިވާ އާމިނަތު މުޙައްމަދު އާއި ގުލްފިޝާން ޝަފީޢުއެވެ.
ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާ ނުވަތަ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 4 އާއި ދެމެދުގައި ކިޔަވައިދެއްވާ 56 ޓީޗަރަކު މިޙަރަކާތުގައި ބައިވެރިވެފައިވެއެވެ.
ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމުގެ ގިނަ ޙަރަކާތްތަކެއް ރާއްޖޭގެ ސްކޫލްތަކުގައި މިއަދު ހިންގާފައި ވާއިރު އެހެން ބައެއް ސްކޫލްތަކުގައިވެސް އެންއައިއީގެ ފަންނީ ބޭފުޅުން ޙަރަކާތްތެރިވެފައިވެއެވެ.



ފަންނީ ޤާބިލުކަން ކުރިޔަށް ގެންދިއުމުގައި ސްކޫލް ތަކުގެ އަޚްލާޤް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން މުހިއްމު.އެގޮތުން ކޮންމެ ސްކޫލެއްގައި އަޚުލާގީ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ބޭފުޅަކު ބަހައްޓަވާ..އަހުމަދިއްޔާ ނަމޫނާއަކަށް ބައްލަވާ.