އިންޑިއާގެ މައްސަލައާއި ޗާގޮސް މައްސަލައާއި ގުޅޭ ތަފުސީލު ހާމަ ކުރައްވަން ގާސިމު ޑިމާންޑު ކުރައްވައިފި

ފަހުގެ ސިޔާސީ

ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ރައީސް އިބްރާހީމު މުހައްމަދު ސޯލިހާއި، ޖޭޕީގެ ލީޑަރު ގާސިމު އިބްރާހީމު ކުރައްވަމުން ގެންދަވާ މަޝްވަރާތަކުގައި ސަރުކާރަށް ތުހުމަތު ކުރެވެމުންދާ އިންޑިއާގެ މައްސަލައާއި ޗާގޮސް މައްސަލައާއި ގުޅޭ ތަފުސީލު ހާމަ ކުރައްވަން ގާސިމު އިބްރާހީމު ޑިމާންޑުކުރައްވައިފިއެވެ.

ރައީސް ސޯލިހު ސަން އައިލެންޑަށް ވަޑައިގެންފައިވަނީ އިއްޔެއެވެ. މަޝްވަރާތަކުގައި ދެ ބޭފުޅުން ރޭ ދަންވަރު ވަންދެން އުޅުއްވިއެވެ. އަނެއްކާ ވެސް މިއަދު ދެބޭފުޅުން ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލައާއި، އިންޑިއާ ސިފައިންގެ މައްސަލައިގެ އިތުރުން ޗާގޯސް މައްސަލާގައިވެސް ކަންވެފައިވާ ގޮތް ސާފުކޮށް ދިނުމަށް ގާސިމުވަނީ ޑިމާންޑު ކުރައްވާފައެވެ.

ޗާގޯސް މައްސަލާގައި ސަރުކާރާ މެދު ސުވާލު އުފައްދާފައިވާ ސިޓީ ސޯޝަލު މީޑިއާގައި ލީކުވެފައިވާ އިރު، ރައީސް ސޯލިހު ވަނީ ގާސިމަށް އިންޑިއާގެ މައްސަލާގައިވެސް ފުރިހަމައަށް ކަންކަން އޮޅުން ފިލުވާދެއްވަމުންނެވެ

ރާއްޖޭގައި ދިވެހި ސިފައިންނަށް ބާރު ނުފޯރާ ތަންތަން އެބަހުރި ކަމަށާއި ރާއްޖޭގެ ހަތަރު ތަނެއްގައި އިންޑިއާގެ ސިފައިން އެބަތިބި ކަމަށް ގާސިމުވަނީ ކެމްޕޭނުގެ ތެރޭގައި ތަކުރާރުކޮށް ވިދާޅުވެފައެވެ

ނަމަވެސް ރައީސް ސޯލިހުވަނީ އަސްކަރީ މަސައްކަތެއް ކުރަން އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެފައެވެ. ޗާގޯސް މައްސަލާގައި ރައީސް ސޯލިހު މޮރީޝިއަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ލީކުވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ފަދަ މައްސަލަތަކެއް އެސިޓީގައިވެސް ނެތް ކަން މިހާރުވަނީ ސާފުވެފައެވެ

ރައީސްގެ އަރިހުގައި ސަން އައިލެންޑަށް ރައީސްގެ ރަނިންމޭޓު މުހައްމަދު އަސްލަމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޗީފް އޮފް ސްޓާފު އަލީ ޒާހިރުވަނީ ވަޑައިގެންފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ