ވޯޓުގެ ޔަޤީންކަން ދޭމީހުނަށް ފްލެޓުގެ ފައިނަލް ލިސްޓުން ޖާގަ ދެނީ!

ފަހުގެ ސިޔާސީ

ރިޔާސީ އިންތިޚާބުގެ ވޯޓަށް ކައިރިވެފައި ވަނިކޮށް ދޫކުރި ފްލެޓުތަކާއި ގޯތިތަކުގެ ފައިނަލް ލިސްޓުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު ދޭނެކަން ކަށަވަރުވާ ފަރާތްތަކަށް ޖާގަ ދިނުމުގެ މަސައްކަތް ފޯރީގައި ކުރިއަށް އެބަދެއެވެ.

ނަން ހާމަ ކުރުމަށް ނޭދޭ މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ދިން ގޮތުގައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިބޫ ޞާލިޙަށް ވޯޓު މަދުން ލިބުނުރަށްރަށަށް މަހްލޫފާއި އަދި ބައެއް އެމްޕީން ދަނީ ގުޅަމުންނެވެ. ޚާއްސަކޮށް ޕީޕީއެމްގެ ވޯޓުތައް އަނބުރާލުމަށް ފްލެޓު ކަށަވަރުކޮށްދިނުން ފަދަ ހުށަހެޅުންތައްދަނީ ދެމުންނެވެ. މިގޮތުން ފްލެޓަށް އެދިފައިވާ ފަރާތެއް ނަމަ، ވޯޓުގެ ޔަޤީންކަން ދިނުމުން ފައިނަލް ލިސްޓުން ޖާގަ ކަށަވަރުކޮށް އެކަން ދަނީ ހަމަޖައްސަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދުވެސް މިފަދަ ޑީލެއް ވަނީ ރަށެއްގެ ޕީޕީއެމްގެ އިސް ފަރާތަކަށް މަހުލޫފު ގުޅައި، އަދި ވޯޓަށް ގޮތެއް ހެދޭނީ ފްލެޓު ކަށަވަރުވެގެން ކަމަށް ބުނުމުން އެ ދާއިރާގެއެމްޕީ މެދުވެރިކޮށް، ފްލެޓަށްލީ ފަރާތުގެ މަޢުލޫމާތު ހޯދައި ފްލެޓް ޔަގީންވާނެ ކަމުގައި އިސްފަރާތައް އަންގާފައެވެ.

ފުރަތަމަ ބުރުގައި ރައީސް އިބޫ ޞާލިޙަށް ލިބުނު ނާކާމިޔާބީއަށް ފަހު ދެވަނަ ބުރުގައި ވޯޓު ގިނަކުރުމަށް 20000 ރުފިޔާއަށް އައިޑީކާޑު ގަތުލުމާއި، ފައިސާގެބޮޑަތި ހުށަހެޅުންތަކާއި ފްލެޓު ލިސްޓުން ޖާގަ ކަށަވަރު ކޮށްދިނުން ފަދަ އެތައް ރިޝްވަތުގެ ޢަމަލެއް އެމްޑީޕީން ހިންގަމުން އަންނަ ކަމުގައި ގިނަ ބަޔަކު ދަނީބުނަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ތިޔަގޯއަޗެއް ކިތަންމެވަރަކަށް ބެހިއަސް ވާނެކަނެއް ހަރާން، ވަކިވަރަކަށްތާ މީހުންގެ ބޯވެސް ކެވޭނީ،
    މިމައްކާރުސަރުކާރު ހީކުރަނީތޯ އިންޑިޔާއިން ތިމާމެންގެ ބޯކާގޮތަށް ތިމާމެނަށް ރައިއްޔަތުންގެ ބޯކެވޭނެކަމަށް.