ރީ-ރެޖިސްޓްރޭޝަން ޕޯޓަލް އާ މެދު ޙަގީގަތާ ޚިލާފު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސްކޮށްފި

ފަހުގެ ޚަބަރު

ރިޔާސީ އިންތިހާބު 2023 ގައި ވޯޓުލާ މީހުން ރެޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިންހަދާފައިވާ ޕޯޓަލް އާ މެދު ޙަގީގަތާ ޚިލާފު ޚަބަރުތައް ނުފެތުރުއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީން) އިލްތިމާސްކުރައްވައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ، އީސީގެ ޕޯޓަލް ހެކްކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

އިންތިޚާބުގެ ދެވަނަ ބުރުގައި ރީރެޖިސްޓްރީކުރުމަށް ހުޅުވާލި 2 ދުވަހުގެ މުއްދަތުގެ ފަންސަވީސް ހާހަށް ވުރެ ގިނަ މީހުން ރީރެޖިސްޓްރީވުމަށް އެދިފައިވާކަމަށް އީސީއިން މަޢުލޫމާތުދިނުމާއި ގުޅިގެން އެ ފޯމުތަކުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ އިދިކޮޅު ކޯލިޝަނުންނާއި ދަޑިމޮކްރެޓްސްއިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން ހަބީބު ވިދާޅުވީ، ރީރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާނުބެހޭ އެއްވެސް ފަރާތަކަށް ދީފައި ނޯންނާނެކަމަށާއި އަދި ރިޔާސީ އިންތިހާބުގެ ރީރެޖިސްޓްރޭޝަން އޮންލައިން ޕޯޓަލް ހެކް ކުރުމަށް، ބޭރުން މަސައްކަތް ކޮށް، އެޓޭކްތަކެއް ދޭން އުޅުނަސް، އެކަން ދެނެގަނެ، ޙައްލުކުރުމުގެ ޤާބިލުކަން، އީސީގައި ގާއިމްކޮށްފައި ހުންނާނެކަމަށްވެސް އެބޭފުޅާވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ