މާލޭ ސިޓީ ކައުންސިލްގެ ”މާލެ ފެހި” އައުޓްލެޓް ހުޅުމާލޭގައި ހުޅުވައިފި

ޚަބަރު ފަހުގެ

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާއެއްލައްކަ ގަސްޕްރޮގްރާމްގެ ދަށުންމާލެފެހިނަމުގައި ހުޅުމާލޭގައި އައުޓްލެޓެއް ހުޅުވައިފިއެވެ.

މިއަދު ހަވީރު ބޭއްވި މި ހަފްލާގައި ހުޅުމާލެމާލެ ފެހިރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އިޝްތިހާރު
އިޝްތިހާރު

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވުނު މި އައުޓްލެޓް ހުންނާނީ ހުޅުމާލޭ ސަހަރާއާއި އިންވެގެން ހުންނަ ގޯޅިތެރޭގައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިއަދު ހުޅުވާފައި ވަނީމާލެ ފެހިއައުޓްލެޓް ގެ ދެވަނަ އައުޓްލެޓް ކަމަށްވާއިރު، މީގެ ކުރިން ވަނީ މާލޭގައި މިފަދަ އައުޓްލެޓެއް ހުޅުވާފައި ކަމަށެވެ. މި ނާސަރީ އައުޓްލެޓް ތަކުން އާންމު ފަރާތްތަކަށްވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައި ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މިއަދު ހުޅުވި މާލެ ފެހި އައުޓްލެޓް ހުޅުވައިދެއްވުމަށްފަހު މޭޔަރ މުޢިއްޒު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ މާލެ ސިޓީ ގައި ހުރި މިފަދަ އެންމެބޮޑުނާސަރީ ކަމަށާއި، އެކިކުލަކުލައިގެ އެކި ވައްތަރުގެ ބޯގަންވިލާ ގަސްތަކާއި އެނޫންވެސް ގިނަ ބާވަތްތަކުގެ ގަސްތަކެއް މިއަދު ހުޅުވިގެން ދިޔަ ނާސަރީގައި ލިބެން ހުންނާނެކަމަށެވެ. މީގެ އިތުރުން މި ނާސަރީން ކަދުރު ރުއްވެސް ގަންނަން ލިބެންހުރިކަން މޭޔަރު މުއިއްޒު ފާހަގަކުރެއްވިއެވެ.

މާލެފެހި ހުޅުމާލެ އައުޓްލެޓްގެ ޚާއްޞަ ކަމެއްގެ ގޮތުގައި މޭޔަރު މުއިއްޒު ވަނީ އެތަނުގައި ޤާއިމްކުރެވުނުބަޓަފްލައި ގާޑްންއާއިބެހޭ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެ ބަގީޗާގައި ކުރިއަށްއޮތްތަނުގައި އެކި ވައްތަރުގެ ކޮކާ އާލާކޮށް ކޮކާތަކަށް ޚާއްސަ ގަސްތައް ހުންނާނެކަމަށާއި، އޭގެ ސަބަބުން 4 ވައްތަރެއްގެ އެއްހާސް ކޮކާ އެ ބަގީޗާގައި އުޅޭނެ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މި އައުޓްލެޓްގެ ސަބަބުން އެކި ވައްތަރުގެ ގަސްގަހާގެހި ބޭނުންވާ ފަރާތްތަކަށް ވަރަށްބޮޑު އުފަލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވެސް މޭޔަރުމުއިއްޒު ވިދާޅުވިއެވެ. މޭޔަރު މުއިއްޒު ވިދާޅުވީ މިއީ މާލެސިޓީގެ އެއްލައްކަ ގަސް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށާއި، މިއީ މާލޭގައި ދިރިއުޅޭ އަދި ޖުމްލަކޮށް އެތަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ދެވޭ ވަރަށް މުހިންމު ޚިދުމަތެއް ކަމަށެވެ.

ކަދުރު ރުއްތަކާއި ގުޅިގެން މޭޔަރު މުއިއްޒު ވިދާޅުވީ ކަދުރު ރުކަކީ މިހާރު ކައުންސިލަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމެއް ކަމަށާއި، ކައުންސިލްގެ ނާސަރީން ކަދުރު ރުއްވެސް ގަންނަން ލިބޭނެ ކަމަށެވެ. މީގެ އިތުރުން ބަގީޗާ ހައްދާފަރާތްތަކަށް ބޭނުންކުރެވޭނެހެން އުކާލާ ލަކުޑިން ހަދާފައިވާ ބައެއް ތަކެތި މިނާސަރީ އައުޓްލެޓުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ