2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދިމާވި ގިނަ މައްސަލަތައް ހައްލުކުރުމަށް ޓަކައި ގިނަ މަސައްކަތް ތަކެއް ކުރައްވާފައިވާކަމަށް އިލެކްޝަންކޮމިޝަންސް (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބް ވިދާޅުވީ ބާތިލް ވޯޓުގެ ކަންކަމުގައި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ގިނަ މަސައްކަތް ތަކެއްކުރައްވާ ކަމަށެވެ. އައިއެފްއެސް އާއި ގުޅިގެން ވީޑިއޯ އަދި މުހިންމު މައުލޫމާތު ހިމެނޭ ލުއި ފޮތެއްވެސް ތައްޔާރު ކޮށްފައިވާކަމަށް ހަބީބް ވިދާޅުވިއެވެ. ފޮތުގައި ކިއުގައި ނުޖެހި ވޯޓު ލެވޭނެ ފަރާތްތަކާއި، ފާހަގަ ލުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކާއި އަދި އިތުރު ވޯޓާ ގުޅޭ މުހިންމު މައުލޫމާތު ހިމެނޭނެ ކަމަށްހަބީބް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަވި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ހަބީބް ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި ބަހައްޓާ 187 ވޯޓުފޮށީގެ ވެރިންނާއި އެހީތެރިން ގެނެސްގެން އިތުރު ތަމްރީނު އެ ކޮމިޝަނުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަތޮޅުތަކުގެ ތެރޭގައި ބެހެެއްޓި 319 ފޮއްޓާއިރާއްޖޭން ބޭރާއި، ރިސޯޓު ތަކާއި، ސިނާއީ މަސައްކަތް ކުރާތަންތަނާއި އަދި ޖަލުތަކާއި އެކު 81 ފޮށީގެ ވެރިންނާއި އެހީތެރިންނަށް އެ މައުލޫމަތު ދެއްވާނެކަމަށް ހަބީބް ވިދާޅުވިއެވެ.
500 އަަށް ވުރެ ގިނަ މީހުން ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 99 މަރުކަޒެއް ދެ ސެޓަޕަކަށް ބަދަލު ކުރައްވާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އެކަންކަންކުރުމަށް އިތުރު މުއައްޒަފުންގެ އެހީ ހޯއްދަވާފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް މަޑުކުރައްވާ ބޫތަށް އިތުރު ބަދަލުތައް ގެނެސްފައި ވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވޯޓު ލާ ގަލަމަކީ ދެލި ހިނގާ ރަނގަޅު ގަލަމެއް ކަމަށާއި ގަލަމުގެ މައްސަލައެއް ޖެހެވަޑައިނުގަންނަވާނެކަމަށް ވިދާޅުވިއެވެ. ވޯޓު ކަރުދާހުގެ މަސައްކަތް ނިމި ވޯޓުކަރުދާސްތައް މިހާރު ދަނީ ޗެކް ކުރައްވަމުން ކަމަށް ހަބީބް ވިދާޅުވިއެވެ.
އިތުރަށް ހަބީބް ވިދާޅުވީ އީސީއިން ދެއްވާ މައުލޫމާތުގެ ތެރޭގައި ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ކޮމިޝަނުން ދީފައިވާ މައުލޫމާތާއި އެއްގޮތަށް އެމައުލޫމާތު ބޭނުންކޮށްގެން ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައެޅުމުގެ މައްޗަށް އިރުޝާދު ދެއްވާ ކަމަށް ވިދާޅުވިއެވެ. އެކި މަރުކަޒުގައި އެކި ގޮތަށް ސައްހަވޯޓާއި ބާތިލް ވޯޓު ކަނޑައެޅުމުގައި އަމަލު ކުރެވިފައި ވާކަމަށް ގިނަ ޝަކުވާ ލިބިފަ ހުރިކަމަށް ވިދާޅުވިއެވެ. ފުރަތަމަ އިންތިހާބުގައި ވޯޓު ނެގި ދުވަހު ދިމާވިކަންކަމުގެ ތެރޭގައި ކިއު މެނޭޖުކުރުން ، ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައެޅުމުގައި ގޮންޖެހުންތަށް ދިމާވުން ހިމެނޭ ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ސައްހަ ވޯޓާއި ބާތިލް ވޯޓް ވަކި ކުރުމުގައި މޮނިޓަރުންނާއި އޮބްޒާވަރުން އެބޭފުޅުންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ސައްހަވޯޓު ބާތިލްވޯޓަކަށް ބަދަލުކުރުން އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެއީ އެމީހުންނަށް ގާނޫނުގަ ލިބިގެންވާ ހައްގެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ. ވޯޓުގުނާއިރު ސައްހަ ވޯޓާއި ބާތިލް ވޯޓުގެ ޝަކުވާ ހުށައަޅުމުގައި ހައްގު ލިބިގެންވަނީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު އަދި މަންދޫބުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މޮނިޓަރުންނާއި އޮބްޒާވަރުންނަށް ޝަކުވާ ހުށަނޭޅޭނެކަމަށް ކަމަށް ވިދާޅުވިއެވެ. އަދި މޮނިޓަރުންނާއި އޮބްޒާވަރުން ވޯޓު ނެގުމުގެ ކަންކަންދާއިރު މިނިވަން ކަމާއެކު ލެވޭ ވޯޓަކަށް ހައްދަވާ ދެއްވަން ވަނީ އިލްތިމާޒް ކުރައްވާފައެވެ.
ފަރުދީ ޒިންމާ އަދާކޮށް 48 ގަޑިއިރުގެ ތެރޭގައި އެބޭފުޅަކު ރަޖިސްޓްރީވެފައި އޮތީ ބޭނުންފުޅުވާ ތަނުގަ ތޯ ކަށަވަރު ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ހަބީބް ވިދާޅުވިއެވެ. 48 ގަޑިއިރަށް ފަހު ކޮމިޝަންނަށް އިތުރަށް އެއްވެސް ވަގުތެއް ނުދެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އެހެން ކަމުން ލިބުނު ޝަކުވާތަކަށް ރިއާއަތްކޮށް ލިސްޓު ފައިނަލް ކޮށް ވީހާވެސް ސައްހަ ލިސަޓެއް އާންމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކެންޑިޑޭޓުން ސޮއި ކުރުމަށް ފަހު ލިސްޓު ވޯޓުލާ މަރުކަޒު ތަކަށް ފޮނުވާނެކަމަށާއި ލިސްޓު އާންމުކޮށް، ކެންޑިޑޭޓޫން ސޮއި ކުރުމަށްފަހު އެލިސްޓަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށްވެސް ވިދާޅުވިއެވެ.