ޑރ. މުއިއްޒުފަދަ އިލްމީ ބޭފުޅެއްގެ ވެރިކަން ދެކިލަން ބޭނުން – ޑރ. ޝަހީމް

ފަހުގެ ސިޔާސީ

ޑރ. މުއިއްޒުފަދަ އިލްމީ ބޭފުޅެއްގެ ވެރިކަން ދެކިލަން ބޭނުންވާ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދީނީ އިލްމުވެރިޔާ ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވަނީ މީސް މީޑިއާގައި މިއަދު އާއްމު ކުރެއްވި މެސެޖެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޑރ. ޝަހީމް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަކީ މުރާލި ހިންގުންތެރި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިއްތަވާ އިލްމީ ބޭފުޅެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ދުވަހެއް ޒަމާނީ ތައުލީމުގެ އެންމެ އުސް ހަރުފަތަށް ވާސިލުވެފައިވާ މިފަދަ ބޭފުޅެއް ރާއްޖޭގެ ރައީސް ކަމުގައިހުންނަވާތަން.” ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިންވަނީ ގައުމުގެ ޒުވާނުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއެކު ތެދުވަންޖެހޭ ކަމަށާއި އެމަނިކުފާނަކީ ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖެއަށް އައި އުމްރާނީ ތަރައްގީގެ އެއް މޭސްތިރިޔާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސެޕްޓެމްބަރ 30 ވަނަ ދުވަހު އޮންނަ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: