ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސް ދުންޔާ މައުމޫން ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
ދުންޔާ ޕީޕީއެމްއާއި ގުޅިވަޑައިގެންފައި ވަނީ، މިއަދު ހަވީރު ހުޅުމާލޭގައި ކުރިއަށްދިޔަ ޖަލްސާގައެވެ.
އޭނާގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އިދިކޮޅު ކޯލިޝަނާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އާއި ޕީޕީއެމް/ޕީއެންސީގެކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
އެކަމަނާ ފޮރިން މިނިސްޓަރަކަށް ހުންނެވީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ދުންޔާ އެމްއެންޕީން ވަކިވެވަޑައިގެންނެވިއިރު، އެ ޕާޓީން ދާދި ފަހުން ވަނީޕީޕީއެމްއާއިއެކު ކޯލިޝަން ހަދައިފައެވެ.