ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވޯޓު ކަރުދާސް ޗާޕުކޮށްފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން ޗާޕްކޮށްފިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ

އިޝްތިހާރު
އިޝްތިހާރު

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އިންތިހާބުގެ ދެވަނަ ބުރަށް ޗާޕުކޮށްފައިވަނީ 285،631 (ދެލައްކަ އަށްޑިހަ ފަސްހާސް ހަސަތޭކަ ތިރީސްއެކެއް) ވޯޓު ކަރުދާސްކޮޅެވެ. އިންތިހާބުގެ ފުރަތަމަ ބުރަށް ޗާޕްކޮށްފައިވާ ވޯޓު ކަރުދާހުގެ ޖުމްލަ ޢަދަދަކީ 285،219 (ދެލައްކަ އަށްޑިހަ ފަސްހާސް ދުއިސައްތަ ނަވާރަ) އެވެ

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓްވެސް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ އާއްމުކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން ސެޕްޓެމްބަރު މަހުގެ 30 ވަނަދުވަހު ހެނދުނު 08:00 އިން ހަވީރު 17:00 އާއި ހަމައަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާއި، އަދި ގައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން، ފުރަތަމަ ބުރާއި ހިލާފަށް، ދެވަނަބުރުގައި 584 ވޯޓްފޮށި ބެހެއްޓޭނެކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ