ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރެހި އޮފިޝަލަށް ފިޔަވަޅު އަޅައިފި

ޚަބަރު ފަހުގެ

ލ. ފޮނަދޫގައި ހުންނަ ތިން ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ލަމުންދިޔައިރު، ވޯޓު ކަރުދާހުގައި ކުރެހި އޮފިޝަލަށް ފިޔަވަޅު އަޅައިފިއެވެ.

އިދިކޮޅުން ވިދާޅުވިގޮތުގައި ފޮނަދޫގައި ހުރި އެ ރަށު ތިން ނަންބަރު ވޯޓު ފޮށީގައި ވޯޓު ކަރުދާސް ދޫކުރަން އިން އޮފިޝަލް ވޯޓު ކަރުދާސް ދޫކުރަމުން ކަރުދާާހުގައި ކުރަހާފައި ދޭ މައްސަލަ ފާހަގަވެގެން އެކަން އިލެކްޝަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ ކަންކަންކުރިއަށްދާ ކަމަށް އިދިކޮޅުން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އެކަން އެ ކޮމިޝަންގެ ސަމާލުކަމަށް އައުމާއެކު އެ ރަށަށް އިލެކްޝަންސްގެ ޓީމެއް ފޮނުވަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަބީބް ވިދާޅުވީ އެކަމުގައި ބޮޑަށް ބެލެވެނީ ޕްރިންޓިންގެ މައްސަލައެއް ކަަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ ފޮށި ބަންދުކޮށް އާ ފޮއްޓަކަށް ވޯޓު ލާންފަށައިފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

މިހާރު ކުރީގެ ފޮށީގެ އޮފިޝަލު މަސްއޫލިއްޔަތުން ދުރުކޮށް އެހެން މަސައްކަތެއް އޭނާއަށް ވާނީ ހަވާލުކޮށްފައި. ދެން ވޯޓު ކަރުދާސް އަލުން ދޫކުރަން ފެށިއިރުވެސް ބެލިން ކަރުދާހުގައި މައްސަލައެއް އުޅޭތޯ. ނެތް އެކަމު ފާހަގަވެފައެއް.”. ހަބީބް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ