ދެބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުން ވޯޓުލައިފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން މިހާތަނަށް ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވޯޓު ލައިފިއެވެ.

މިއިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބިގެންވާއިރު މިހާތަނަށް 149،430 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓުލެވޭ އާބާދީގެ 52.8 އިންސައްތަ މީހުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ވޯޓު ލުމުގެ ހައްގު 144،410 ފިރިހެނުންނަށް ލިބިގެންވާއިރު 76،251 ފިރިހެނުން މިހާތަނަށް ވަނީ ވޯޓުލާފަ އެވެ. އަދި ވޯޓުލުމުގެ ހައްގު 138،394 އަންހެނުންނަށް ލިބިގެންވާއިރު އޭގެ ތެރެއިން 73،179 މީހުން ވަނީ ވޯޓު ލާފައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާތަނަށް ވޯޓު ނުލަނީ 133،374 މީހުންނެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 47.2 އިންސައްތަ މީހުންނެވެ. ވޯޓުލާ ގިނަ މަރުކަޒުތަކުގައިވެސް މިހާރު ވަނީދެބައި ކުޅަ އެއްބައި މީހުން ވޯޓުލާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:00ގެ ނިޔަލަށެވެ. އިންތިހާބުގެދެވަނަ ބުރުގައި މުޅިން އަލަށް 408 މީހުން ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ދެވަނަ ބުރުގައި ވޯޓުލުމަށް 586 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ