އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ތުރުކީއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ މިދަތުރުފުޅަކީ ތުރުކީގައި ވެރިކަން ކުރާ އޭކޭ ޕާޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އިމްރާންގެ އަރިހުގައި އަދާލަތު ޕާޓީގެ ނައިބް ރައީސް އަދި މިނިސްޓަ އޮފް ސްޓޭޓް ފޯ ފިނޭންސް އަހްމަދު ޝަރީފްވެސް ތުރުކީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އިމްރާން ތުރުކީ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަޑު ފެތުރުނު ގޮތުގައި ސަރުކާރު ހިންގާ މައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިވެއްޖެނަމަ އިމްރާން ތުރުކީއަށް ވަޑައިތުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ އޮންލައިން މީޑިއާއަކުން ވަނީ ރިޕޯޓު ކޮށްފައެވެ.