ޑރ. މުއިއްޒަށް ތާއީދު ކުރުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރާނަން- ރައީސް ޔާމީން

ސިޔާސީ ފަހުގެ

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް އެއްވި ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވައިގެން އިދިކޮޅު ފަރާތްތަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ހީފުޅުވި ކަމަށާއި ނަމަވެސް މިހާރު ލިބޭ އެންމެ ބޮޑު އުފަލަކީ މި ސަރުކާރު ބަދަލުކޮށް އިދިކޮޅަށް އިންތިހާބު ކާމިޔާބު ކުރެވުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެން ކަމުން މިހާރު މި ސަރުކާރުގެ ފަރާތްތަކަށް ހަގީގީ މަންޒަރު ފެންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ، އަލަށް އިންތިހާބުވި، އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، އެބޭފުޅުން ކުރައްވާ މަސައްކަތުގައި މުއިއްޒަށް ތާއީދު ކުރުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމަށެވެ.

“އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ޕާޓީން މިހާރު ހޮވެވަޑައިގެންފައި ހުންނެވި ރައީސަށް ތާއީދު ކުރުމަށް އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން” ރައީސް ޔާމީން ވިދާޅުވިއެވެ.

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައިވަނި އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. އެމަނިކުފާނު އަންނަނީ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން މިވަގުތު ފުރިހަމަ ކުރައްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ