ހަނިމާދޫ ކައުންސިލް ޤުރުއާން ކުލާހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ހަނިމާދޫ ފަހުގެ

ހދ. ހަނިމާދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވަނީ ޢުމުރުން 4 އަހަރާއި 17 އަހަރާއި ދެމެދުގެ ދެޖިންސުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޤުރުއާން ކިޔަވައިދޭ ކްލާހެއް ހިންގުމަށް އެ ކައުންސިލުން ވަނީ ނިންމާފައިކަމަށެވެ.

އެ އިޢުލާނުގައި ބުނާ ގޮތުން މި ކުލާހުގައި ބައިވެރިވާ ދަރިވަރުންގެ ފީ އަކީ މީލާދީ ކޮންމެ މަހަކަށް -/200 (ދުއިސައްތަ) ރުފިޔާއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން “ޤުރުޢާން ކުލާހަށް ވަނުމަށް އެދި ހުށައަޅާ ފޯމު”  ފުރިހަމަ ކުރުމަށްފަހު، އެ ކައުންސިލްގެ އިދާރާއަށް ހުށައެޅުމަށްވެސް އެ އިޢުލާނުގައި ދަންނަވަފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޤުރުއާން ކުލާހަށް ވަންނުމަށް އެދޭ ފޯމު، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް) ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެކަމަށާއި،  ފޯމު ހުށައަޅާނީ 2023 އޮކްޓޫބަރު 09 ވާ ހޯމަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ކައުންސިލް އިދާރާއަށް ކަމަށް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މިއީ ހަނިމާދޫގެ ތަރައްގީއަށް ކުރަން އެއްމެ ބޭނުންވި ތަރައްގީގެ އެއް ޕްރޮޖެކްޓް ކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ތަރައްގީއަކީ ހަމައެކަނި ފެންނަންހުންނަ ކޮންކްރީޓް ނޫންކަމަށާއި، ކުރެވުން ތަޖުރިބާގައި ރަށުގެ ދަރީންނަށް އެންމެ ބޭނުންވަނީ ކުދިންގެ ޤުރުއާނުގެ އިލްމު ހަރުދަނާކުރުމަށް މުބާރާތްތަކެއްގެ ބަދަލުގައި، ދެމެހެއްޓެނިވި  ގޮތެއްގައި އެތައުލީމް އުނގަންނައިދިން ކަމަށްވެސް ފިރާގް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަސައްކަތް ލަސްވިނަމަވެސް މިހާރު މިވަނީ ޑިގްރީ ލެވަލްގެ ޓީޗަރަކުލިބި ފެށުމަށް ތައްޔާރުވެފައި ކަމަށެވެ. މިއީވެސް އެތައް އެތައް ބެލެނިވެރިންނެއްގެ އާދޭހެެއް ކަމަށާއި  މިކަންވެސް އިރާދަކުރެއްވިއްޔާ ކޮށްދޭން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފިރާގު ދެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ