އާ ގުރޫޕެއް އިތުރުކޮށް ޓެރަރިސްޓް ޖަމައާތްތަކުގެ ލިސްޓު އާންމުކޮށްފި

ޚަބަރު

ރާއްޖެއިން ޓެރަރިސްޓު ޖަމާއައްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއައްތަކާއި، ހަނގުރާމަވެރި ސަރަހައްދު ތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ތަކުގެ ލިސްޓަށް އިތުރު ގުރޫޕެއް އިތުރުކޮށް އާއްމު ކޮށްފި އެވެ.

މިއަދު އާންމުކުރި ލިސްޓުގައި ސީރިއާގެ ހުރިހާ ސަރަހައްދުތަކަކީ ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އިންޑޮނޭޝިއާގެ ޖަމާއަތެއް ކަމަށްވާ ޖަމާ އަންޝާރުއް ދައުލާ (ޖޭއޭޑީ) އެވެ. އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ގޮތުގައި އދ އިންވެސް ވަނީ ކަނޑައަޅާފަ އެވެ.

ލިސްޓުގައި ފާހަގަކޮށްފައިވާ ޓެރަރިސްޓު ޖަމާއަތްތައް:

* ސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިޔާ (އައިސިސް / * އައި.އެސް.އައި.އެލް / އައި.އެސް.އައި / ޑީ.އޭ.އައި.އެސް.އެޗް)
* އަލްގައިދާ
* ޖަބްހަތު އަލް-ނުސްރާ
* ލަޝްކަރޭ ތައިބާ
* އަލް-ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
* އަލްގައިދާ އިން ދި އިސްލާމިކް މަޣްރިބް
* އަބޫ ސައްޔާފް ގްރޫޕް
* ބޮކޮ ހަރަމް / ބޯކޯ ހަރަމް
* އަލް ޝަބާބް
* އަލްގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
* ތެހްރިކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)
* ހަރަކާތުލް ޖިހާދު އަލް އިސްލާމީ
* ޖައިޝޭ މުހައްމަދު
* އިސްލާމިކް ސްޓޭޓް އިން އިރާގު އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
* ނެޝަނަލް ތައުހީދު ޖަމާއަތް
* ޖަމާއަތު މިއްލަތޭ އިބްރާހީމް
* ވިލާޔަތް އަލް ސޭލާނީ
* ހައިއަތު ތަހްރީން އަލް ޝާމް
* ހުއްރާސް އައް ދިން
* އަންޝާރުއް ދައުލާ (ޖޭއޭޑީ)

ޓެރަރިޒަމް މަނާ ކުރާ ޤަނޫނުގެ ދަށުން ލިސްޓުގައި ހިމެނޭ ޖަމާއަތްތަކަށް ތާއީދު ކުރުމާއި އެހީތެރިވުމަކީ ދިގު މުއްދަތަކަށް ޖަލު ހުކުމް އަންނަ ކުށެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނަކަށް ސަރުކާރުގެ ހުއްދަ ނެތި ދިވެއްސަކު ދަތުރުކޮށްފިނަމަވެސް ޖަލު ހުކުމެއް އަންނާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ