ތަޒްކިޔާ، ގައުމީ ދެ ރެކޯޑެއް އައުކޮށްފި

ކުޅިވަރު ފަހުގެ

13 އަހަރުގެ ޒުވާން ފެތުންތެރިޔާ އަމްނާ ތަޒްކިޔާ މިރުޞާދު އައުކޮށްފައިވަނީ އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑާއީ އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ.

އެގޮތުން 100 މީޓަރ ފްރީސްޓައިލް އިވެންޓު ތަޒްކިޔާ ނިންމާފައިވަނީ ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 01:05.53 ން ނިންމައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

100 މީޓަރ ފްރީސްޓައިލް އިވެންޓު ރެކޯޑް 2016 ވަނަ އަހަރުން ފެށިގެން އޮތީ އާމިނަތު ޝަޖަން އަތުގައެވެ. އޭނާ އެ ރެކޯޑް ގާއިމުކުރީ ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި 01:05.71 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ތަޒްކިޔާ ހާސިލުކުރީ 02:51.26 އިން ރޭސް ނިންމައިގެންނެވެ. މި ރިކޯރޑް ވެސް އަމްނާ ހެދީ ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައެވެ.

މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި އައިޝަތު ސައުސަން އެވެ. ސައުސަން އެފަހަރު އިވެންޓް ފުރިހަމަކޮށްފައިވަނީ 02:53.55 އިންނެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ