އަމްނާ ތަޒްކިޔާ މިރުޞާދު ބްރޯންޒް މެޑަލް ހޯދީ ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގެ ޖޫނިއަރ ކެޓަގަރީގެ 100 މީޓަރ ފްރީސްޓައިލް އިވެންޓުންނެވެ.
ފައިނަލްގައި ތަޒްކިޔާ 100 މީޓަރ ފްރީސްޓައިލް އިވެންޓު 01:05.03 އިން ނިންމައި، ތަޒްކިޔާ ވަނީ، ޤައުމީ ރެކޯރޑްވެސް އައުކޮށްފައެވެ.
މި މުބާރާތުގައި 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓުން ލޯމެޑަލް ހޯދި ޓީމުގައިވެސް ތަޒްކިޔާ ހިމެނެއެވެ.
މި މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ މިހާތަނަށް 2 ބްރޯންޒް މެޑަލް ހޯދާފައެވެ.
މީގެ އިތުރުން އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އަނެއްކާވެސް ވަނީ އައުކޮށްފައެވެ.
ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ތަޒްކިޔާ 100 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ އެއިވެންޓުގެ ފައިނަލްގައި ވާދަކޮށް 01:05.03 އިންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް ތަޒްކިޔާއެވެ. އެއީ ހަމަ މި މުބާރާތުގެ ޕްރިމިލިނަރީ ހީޓްގައި 01:05.53 އިން ރޭސް ފުރިހަމަކޮށްގެންނެވެ.