ސައުދީ ފަންޑުން 150 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދެނީ

ޚަބަރު ފަހުގެ

ސައުދީ ފަންޑުން 150 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދޭން ނިންމައިފިއެވެ.

ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން ދިވެހި ސަރުކާރުން އެދިގެން މިދިޔަ ހަފްތާގައި ސައުދީ ފަންޑުން ހަމަޖައްސައިދިން ފައިސާގެ ތެރޭގައި ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީ ކުރުމުގެ ކަންކަމަށް ސައުދީ ފަންޑުން 50 މިލިއަން ޑޮލަރު ދޭން ވަނީ ނިންމައިފައެވެ.

މިގޮތުން ސައުދީ ފަންޑުން މުޅި އެކު 150 މިލިއަން ޑޮަލަރުގެ އެހީ އެއް ދިނުމަށް ވަނީ ނިންމާފައެވެ.

ސައުދީ ފަންޑުން އަންނަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ބޮޑެތި އެހީތަކެއް ދެމުންނެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާ ފުޅާ ކުރަން 25 މިލިއަން ޑޮލަރު ގެ ލޯނެއް ވަނީ ދީފައެވެ.ހަމަ އެހެންމެ ހައުސިން މަޝްރޫއަކަށް ވެސް 25 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ސައުދީ ފަންޑުން ދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ