އެންމެންވެސް ސައެންޓިފިކް ހަގީގަތްތައް ގަބޫލުކުރަން ޖެހޭ- ރައީސް މައުމޫން

ޚަބަރު ފަހުގެ

އެންމެންވެސް ސައެންޓިފިކް ހަގީގަތްތައް ގަބޫލުކުރަން ޖެހޭކަމަށާއި ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު މައްޗަށް އަރުމަކީ އެފަދަ ހަގީގަތެެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަހަ  3.4  މިލިމީޓަރު އުފުލިފައިވާ ކަމަށް ސެޓްލައިޓް މައުލޫމާތުތަކުން ދައްކާކަމަށެވެ

އިޝްތިހާރު
އިޝްތިހާރު

އޭގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ އެންމެންވެސް  ސައެންޓިފިކް ހަގީގަތް ގަބޫލުކުރަން  ޖެހޭނެކަމަށާއި ދުނިޔެ  ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ  ދިޔުމަކީ ހަގީގަތެއް ކަމަށެވެ.   

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ދުނިޔޭގެ މަޝްހޫރު ބައިނަލްއަގުވާމީ ޓީވީ ޗެނަލެއް ކަމަށްވާ “އަލް ޖަޒީރާ” އަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ހިސާބު ޖަހާ ވަރުގެ ސީރިއަސް ކަމެއް ފާހަގަ ނުކުރެއްވޭ ކަމަށާއި، ރާއްޖެ އަޑިއަށް އެ ބުނާ ވަރަށް ނުދާ ކަމަށް ބެލުމަށް ރާއްޖެ ޒިޔާރަތް ކުރުމަށް ވިދާޅުވެ ބޭރުގެ ފަރާތްތަކަށް ދައުވަތް ދެއްވުމާގުޅިގެންނެވެ.

 މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ފިޔަވަޅުތަކެއް އެޅުމުގެ މުހިންމު ކަން ޑރ. މުއިއްޒު ފާހަގަކުރެއްވި ނަމަވެސް މޫސުމާ ބެހޭ ގޮތުން މުއިއްޒު ދެއްކެވި  ވާހަކަފުޅަށް ސަރުކާރުގެ ބައެއް ބޭފުޅުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ