އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލައިފި

ޚަބަރު ފަހުގެ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރުކަމަށް ހުޅުވާލުމުން އެކަށީގެންވާ އަދަދަކަށް އެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ އަލުން އެ މަގާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމްގެ މެމްބަރަކު ޢިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެމްބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މި މަހުގެ 8ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެކަމަށް އެ އޮފީހުން މައުލޫމާތުދެއެެވެ.

އެނގިފައިވާގޮތުގައި ފަސް މެމްބަރުން ހިމެނިވަޑައިގަންނަވާ އެޗްއާރްސީއެމްގެ މެމްބަރުކަމުގެ މަގާމު ހުސްވެފައިވަނީ ކޮމިޝަނުގެ ނައިބުރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ.އަހުމަދު އަދުހަމް އަބްދުﷲ މިފަހުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އެޗްއާރްސީއެމްގެ ގަވާއިދު ބުނާގޮތުން އެ ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އަލުން މެމްބަރަކު އައްޔަނުކުރަންޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ