އެފްއެސްއެމްގެ ލިޔުންތައް ނައްތާލަނިކޮށް ވީޑިއޯ ކުރި މުވައްޒަފު ސަސްޕެންޑްކޮށްފި

ޚަބަރު ފަހުގެ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ލިޔުންތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަންޒަރު ވީޑިއޯކޮށް އާންމުކުރި މުވައްޒަފު މިއަދު ސަސްޕެންޑްކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރީ އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހްމަދު އަނީސްއެވެ. އަނީސް އާންމުކުރި ވީޑިއޯގައި ފެންނަނީ ތިލަފުށީގައި އެފްއެސްއެމްގެ ލިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅާ ނައްތާލުމުގެ މަސައްކަތް ކުރަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

އަނީސް ބުނީ އެ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރީ އެއީ ކުންފުނީގެ ލިޔެކިޔުން ނައްތާލަންޖެހޭ ގޮތް ކަމަށް ނުވާތީއާއި ލިޔުންތައް އެގޮތަށް ނައްތާލާނީ ގޯސްކޮށް ކަންތައްތަކެއް ހިނގާފައިވާތީ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

އެފްއެސްއެމްގައި މަސައްކަތް ކުރާތާ އަށް އަހަރުވީ އަނީސް ސަސްޕެންޑް ކުރީ އެ ކުންފުނީގެ އެޗްއާރް ޑިޕާޓްމަންޓަށް ހާޒިރުކުރުމަށްފަހު އެވެ. ތިލަފުށީގައި މަސައްކަތް ކުރާ އަނީސް ސަސްޕެންޑް ކުރި ނަަމަވެސް ބަލަމުންދާ މައްސަލަ ސިޓީގައި ސާފުކޮށް ބުނެފައި ނުވާ ކަމަށް އޭނާ ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ