ކީ ސްޓޭޖް 2 ފުޓްސަލްގެ ޗެމްޕިއަންކަން ދޮށިމޭނާ ހައުސް ހޯދައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދޮށިމޭނާ ހައުސް ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ދޮށިމޭނާ ހައުސް ހޯދީ، މިއަދު ހަވީރު ފައިނަލްގައި ހުރަވީ ހައުސް އާއި ވާދަކޮށް އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖަހައި ކުރި ހޯދީ ދޮށިމޭނާ ހައުސް އިންނެވެ. މި ލަނޑަކީ ދޮށިމޭނާ ހައުސްގެ ޔަޝަލް އާދަމް ނާސިރު ފޮނުވާލި ހަމަލާއެއް ހުރަވީ ހައުސްގެ ކުޅުން ތެރިއެއްގެ ގައިގައި ޖެހިފައި ވަދެގެން ކާމިޔާބުވީ ލަނޑެކެވެ. ނަމަވެސް ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓްގައި ހުރަވީ ހައުސް އަށް ލިބުނު ޕެނަލްޓީ އެއް ކާމިޔާބުކޮށް އިބްރާޙިމް އައިހަމް މޫސާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ ފަހުންވެސް ދެ ޓީމަށް ލަނޑު ޖަހާނެ ފަހި ފުރުސަތުތައް ލިބި ގޯލުގެ ތެރެއަށް ބޯޅަ ވައްދާނުލެވުނެވެ.

އިޝްތިހާރު
އިޝްތިހާރު

ދެ ޓީމު އެއްވަރުވެ ޖެހި ޕެނަލްޓީ ތަކުން ދޮށިމޭނާ ހައުސް ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބު ކުރީ 2-1 ލަނޑުގެ ތަފާތުންނެވެ. މިގޮތުން ދޮށިމޭނާ ހައުސް އިން މިޝަލް އަދި ޔަޝަލްގެ ޕެނަލްޓީ ކާމިޔާބު ކުރެވުނު އިރު، ލައުޒާން އަދި ޔޫނުސް ޖެހި ޕެނަލްޓީ ކާމިޔާބު ކުރެވިފައި ނުވެއެވެ. އަދި ހުރަވީ ހައުސް އިން ކާމިޔާބު ކުރެވުނީ މުއާޒް ޖެހި ޕެނަލްޓީ އެކަނިއެވެ. އަދި އާކިން، ޝާޒިން، އައިހަމް އަދި މަޙްދީ ޖެހި ޕެނަލްޓީ ތައް ދޮށިމޭނާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މިއަދުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮށިމޭނާ ހައުސްގެ ކީޕަރު މުޙައްމަދު ލައުޒާން އެވެ.

ފައިނަލް މެޗަށް ފަހު، މުބާރާތުގައި އެކިއެކި ހައުސް ތަކުގެ ކޯޗުކަން ކޮށްދެއްވި ފަރާތްތަކާއި މުބާރާތުގެ ރެފްރީކަން ކޮށްދެއްވި ފަރާތްތަކަށް އަދި މުބާރާތުގެ އެކިއެކި ވަނަވަނައަށް ދިޔަ ކުޅުން ތެރިންނަށް ވަނީ ތަށްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މިގޮތުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނާއި އަދި ފެއާރޕްލޭ ކުޅުންތެރިން ވަނީ ހޮވާފައެވެ.

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނު ކުޅުންތެރިންނަކީ:
– ޝާޒިން ބިން އާރިފް (ހުރަވީ ހައުސް)
– އިބްރާޙިމް އައިހަމް މޫސާ (ހުރަވީ ހައުސް)
– ޔަޝަލް އާދަމް ނާސިރު (ދޮށިމޭނާ ހައުސް)
– މުއާޒް ބިން އަބްދުލް ރަޙީމް (ހުރަވީ ހައުސް)
– އިބްރާޙިމް ސައްޔާޙް (ޣާޒީ ހައުސް)

މި މުބާރާތުގެ ފެއާރޕްލޭ ކުޅުން ތެރިއަކަށް ހޮވުނީ ޣާޒީ ހައުސްގެ މުޙައްމަދު މިއުވާން ބިން އިބްރާޙިމް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ