ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އައު ސިޔާސީ ޕާޓީއަށް ކިޔާނެ ނަމެއްގެ ގޮތުގައި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ކަނޑައަޅައި އެކަން އިއުލާނުކޮށްފިއެވެ.
މިކަން އިއުލާނުކޮށްފައިވަނީ، އެ ޕާޓީގެ ރަސްމީ ޓުވިޓާ ހޭންޑަލް އެއް އުފެއްދުމަށްފަހުއެވެ. އެ އެކައުންޓު މެދުވެރިކޮށް ޕާޓީގެ ކުލައާއި، ލޯގޯ ވެސް ދައްކާލާފައިވެއެވެ.
ޕާޓީގެ ކުލައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދަނބު އަދި ހުދު ކުލައެވެ. އެއީ ރައީސް ޔާމީން ކުރިން އިސްވެ ހިންގެވި ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސްގެ ވެސް ކުލަތަކެވެ.
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ pic.twitter.com/ZWe0bLPoJN
— People's National Front (@PNFront) November 25, 2023
ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވި ގޮތުގައި، ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދިއްތަ ދުވަހު އެދޭނެއެވެ.