މަޖިލިސް އިންތިޚާބުގައި ނަޝީދު ވާދަނުކުރަން ނިންމަވައިފި

ފަހުގެ ސިޔާސީ

އަންނަ އަަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަނުކުރަން ނިންމަވައިފިއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ނަޝީދު މިފަދައިން ވިދާޅުވީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދައުރުގެ މަޖިލީހުގެ ރައީސްކަން ގިނަ ދުވަހު ކުރެއްވި ނަޝީދު އެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވީ އެ މަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ގިނަ އަދަދެއްގެ މެންބަރުން ސޮއިކޮށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދީ އެތައް ހުރަހެއް އެޅުއްވުމަށް ފަހުގައެވެ. ނަޝީދު އެޅުއްވި ހުރަސްތަކަށް ހައްލެއް ލިބުނީ އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ފަހުންނެވެ.

ނަޝީދު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ 1999 ވަނަ އަހަރުއެވެ. އެއީ މާލެއިން އިންތިޚާބުކުރެވުނު ދެ މެންބަރުންގެ ތެރެއިން އެއް މެންބަރުގެ ގޮތުގައެވެ.

އޭގެ ފަހުން 2005ގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން އެމްޑީޕީ އުފައްދަވައި މިއަހަރާ ޖެހެންދެން ޕާޓީގައި އިސްކޮށް ހުންނެވިއެވެ. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ދައުރު ހަމަނުވަނީސް އިސްތިއުފާ ދެއްވުމަށް ފަހު އެ މަނިކުފާނު 2019 ވަނަ އަހަރު މައްޗަން ގޯޅި މެދު ދާއިރާއަށް ވާދަކުރައްވައި، އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ކުރާނެ ކަމެއްވެސް ނެތް. މިދާއިރާގެ ގޮނޑި ހިސޯރުކޮށްގެން ކޮށްދިން އެއްކަމެއްނެތް. ނާންނާތި އެއްކަމަކަށްވެސް ވޯޓެއް ހޯދަން. ބައިވެރިވާ މީހަކަށްވެސް ވޯޓު ސަލާން. ރައްޔިތުންގެ ނަމުގަ ކަންކަންކުރުން މަނިކުފާނު ހުއްޓާލެއްވުން އެދެން.