ރޭ ހުޅުމާލޭގައި ކުއްޖަކަށް ހަމަލާ ދިންކަމުގެ މައުލޫމާތެއް ނުލިބޭ: ފުލުހުން

ޚަބަރު ފަހުގެ

ރޭ ހުޅުމާލެ ސެންޓްރޯ މޯލް ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާ ދީފައިވާކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މައުލޫމާތު ދައުރުވިނަމަވެސް އެ ފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލައެއް ހިނގާފައިވޭތޯ ބެލުމަށް އެކަންތައް ހިނގިކަމަށް ބުނާ ސަރަހައްދު ބަލައި ހަދާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެފަދަ ކަމެއްގެ މަންޒަރު ފެނުނު މީހަކު ހުރިތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކު ހުރިތޯ ބެލުމަށް އެސަރަހައްދުން މީހުންނާ ސުވާލު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިފަދަ މައްސަލައެއްގައި ހޮސްޕިޓަލެއްގައި ނުވަތަ ކްލިނިކަކުން ފަރުވާ ހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެންހުރި ސީސީޓީވީ ފުޓެޖް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ. އަދި މިފަދަ މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ 3322111 އަށް ގުޅުއްވާ ހިއްސާކޮށްދިނުމަށްވެސް ފުލުހުން އެދިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ަކޮންމެހެން ކޮންމެރެއަކު ހުޅުމާލޭގައި މީހަކަށް ހަމަލާއެއް ދޭންޖެހޭތަ؟ ހީވަނީ އެއީ ކޮންމެރެއަކު ކުރަންޖެހޭ ކަމެއްހެން. މިބާވަތުގެ ކަންތަކީ ފުލުހުންގެ ވެބްސައިޓްގައި ކޮންމެހެން ލިޔަންޖެހޭ ވާހަކައެއް ކަމަކަށް ވެގެގެން ނުވާނެ.