ދަ ގްރާންޑޭ އިން ޓީސީ ބަލިކޮށް ފެށުން ރަނގަޅުކޮށްފި

ކުޅިވަރު ފަހުގެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ. މިއީ ފުރަތަމަ ޑިވިޝަނުގައި ދަ ގްރާންޑޭއިން ވާދަކުރާ ދެ ވަނަ ސީޒަނެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ޕުސްލަސް ކުރި ފައުލަކަށް ދަ ގްރާންޑޭ އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ގާސިމް ސައްމާމް (ސައްމެ) ފޮނުވާލި މި ޕެނަލްޓީ ޓީސީގެ އަޒަރުބައިޖާން ކީޕަރު ވަނީ މަތަކޮށްފަ އެވެ. ލަނޑު ޖަހާނެ ރަނުގެ ފުރުސަތު ގެއްލުނު ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 36 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) އެވެ. 41 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކެޕްޓަންކަން ކުރި އިބްރާހީމް ނޫރައްދީން އެވެ. މެޗުގެ ދެ ވަނަ ހާފުގައި ދަ ގްރާންޑޭގެ ތިން ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޮޓަބެކް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ