އެމްއާރްއެމް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިފި

ފަހުގެ ސިޔާސީ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ގާނޫނުގައި ބުނާ މިންވަރަތަށް ޕާޓީގައި 3،000 މެމްބަރުން ހަމަނުވެގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ 24 ގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއާރްއެމުން ސިވިލް ކޯޓަށް ހުށަހެޅީ އެ ނިންމުން ބާތިލުކޮށް ދިނުމަށް އެދި އެވެ.

އެގޮތުން އެ މައްސަލަގައި ކޯޓުން ކުރި ޙުކުމުގައި ބުނީ، އެމްއާރްއެމްއަށް ތިން މަސް ދުވަހުގެ ނޯޓިސް މުއްދަތެއް ދިނީ، އެ މުއްދަތުގައި ކަންކުރާނެ ގޮތެއް އެނގެން ނެތް ގޮތެއްގައި ކަމަށެވެ. އެގޮތުން އެމްއާރްއެމްއަށް މިދިޔަ އަހަރުގެ ފެބްރުވަރީމަހުގެ ތެރޭގައި ނޯޓިސް ފޮނުވިއިރު، އެ ޕާޓީގެ ދަފްތަރުގައި ތިބީ 2،981 މެންބަރުން ކަމަށް އީސީން ބުނި ކަމަށްވާއިރު، އީސީއަށް ޕްރޮސެސް ނުކުރެވޭ ފޯމުތަކެއް ހުރިކަން ނޯޓިހުން އެނގެން ނެތް ކަމަށް އެ ޙުކުމުގައި ބުންޏެވެ.

އަދި ތިން މަހުގެ މުއްދަތު ދިން އިރު ވެސް، އީސީއަށް ހުށަހެޅި ބައެއް ފޯމުތައް ޕްރޮސެސްކުރުމުގައި އެކަށޭނަ މިންވަރެއްގެ ލަސްކަމެއް ހިމެނޭކަން އެ މައްސަލައިން ފާހަގަ ކުރެވޭ ކަމަށް ކޯޓުގެ ޙުކުމުގައި ވެއެވެ.

އަދި ޤާނޫނު އަސާސީގެ (ހ) އަދި(ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ކަން ކުރެވުމަކީ އެމީހަކަށް ލިބިގެންވާ ދުސްތޫރީ ހައްގެއް ކަމަށް ވުމާއެކު، އީސީގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި އެމްއާރުއެމް އުވާލުމުގެ އިތުރުން، ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގައި މިދިޔަ އަހަރުގެ މޭއި މަހުގެ 25ގައި އެ ޕާޓީއަށް އެންގި އެންގުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެ ޙުކުމުގައި ބުންޏެވެ.

އަދި ހަމައެހެންމެ، މި މައްސަލައިގެ ޝަރީއަތުގެ ޚަރަދުގެ ގޮތުގައި އެމްއާރްއެމް އިން ޚަރަދުކުރި 50،000 ރުފިޔާ އެ ޕާޓީއަށް ދެއްކުމަށް، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ޙަވާލުކުރުމަށް އީސީގެ މައްޗަށް އެ ޙުކުމުގައި އަމުރުކޮށްފައިވެއެވެ.

އެމްއާރްއެމް އަކީ ރައީސް މައުމޫން އަދި ދަރިކަލުން ފާރިސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އަދި ނިމިގެންދިޔަ އެމްޑީޕީ ސަރުކާރު ކޯލިޝަންގައި ހިމެނުނު ޕާޓީއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ