ހުޅުމާލޭގައި މިސްކިތް އިމާރާތް ކުރަން ދެ ބިން ހަވާލުކޮށްފި

ޚަބަރު ފަހުގެ

ހުޅުމާލޭގައި 2 މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ ބިން ހަވާލު ކޮށްފައިވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ބިނާކުރާ މިސްކަތަކާއި، ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިސްކިތް ބިނާކުރުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން ދޫކޮށްފައިވަނީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓޫގެ ބިމެކެވެ.

އެޗްޑީސީއިން ބުނެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ދެރަވަރު………..ރީތިކޮށް މިސްކިތް ހަދާފަ މިސްކިތަށް ނައަންނާށޭ ބުނަނީ…..މިހާރު އަރަނީ އަގުބޮޑު ރީތި ފައިވާން .ބޫޓަށް ބޭރުގައި ހުއްޓާ ވެހިގަތީ ތެމުނީ ހަލާކުވީ.ހުކުރު މިސްކިތް ހެދި ޒަމާނުގައި ފައިވާނަކަށް ނާރާ.ވަޅުން ފައި ދޮވެގެން އަރަނީ…ޑިޒައިން ފާސް ކުރަނީ މިނިސްޓްރީން…..އަޅެ ކީއްވާނީ ނޭނގި ކުރެވުނީމާ އެކަން ރަނގަގު ކޮށްލަން….ޑިޒައިން ކުރާމީހަކު ގާތު ބުނަންވީނު ހުސް ޖާގަ ދައްކާފަ މިސްކިތުގެ ރީތިކަން ނުގެއްލޭ ގޮތަށް ފައިވާން ބަހަށްޓާ ތަނެއް ޑިޒައިން ކޮށްލާށޭ….ފިނިފެން މަލެއް ހުންނަހެން ވެސް ކޮށްލަފާނެ.