މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަނިމާދޫއިން މީހަކު ހައްޔަރުކޮށް ކުޅުދުއްފުށިން ބަޔަކު ހައްޔަރުކޮށްފި

ހަނިމާދޫ ޚަބަރު

ފުލުހުން މިޔަދު ހާމަ ކުރިގޮތުގައި ހަނިމާދޫއިން 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ ހަނިމާދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނުމައުލޫމަތަކާ ގުޅިގެން، މިމަހުގެ 6 ވަނަ ދުވަހު ހިންގި އޮފަރޭޝަނުގައެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކުޅުދުއްފުށިން ހަނިމާދޫއަށް އައި ލޯންޗަކުން ފައިބައިގެން ދަނިކޮށް އެނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަން ލިބުނު މައުލޫމާތަކާ ގުޅިގެން، މިމަހުގެ 7 ވަނަ ދުވަހު ހިންގި ދެ އޮފަރޭޝަނެއްގައި ދެމީހަކުވަނީ ހައްޔަރުކުރެވިފައެވެ. ކުޅުދުއްފުށިން ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެމީހަކާ 57 އަހަރުގެ މިހެކެވެ. 33 އަހަރުގެ މީހާގެ އަތުން ވަނީ މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 24 ސެލޯފިންކޮޅު ފެނިފައެވެ. 57 އަހަރުގެ މީހާ އަތުން ވަނީ 7 ސެލޯފިންކޮޅު ފެނިފައެވެ.

. މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ