ދިވެހި ދިފާއީ ބާރުގައި ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމުގެ ޤާބިލުކަމެއް މިވަގުތަކު ނެތް: ދިފާއީ ވަޒީރު

ޚަބަރު ފަހުގެ

ދިވެހި ދިފާއީ ބާރުގައި ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމުގެ ޤާބިލުކަމެއް މިވަގުތަކު ނެތް ކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދިފާއީ ވަޒީރު ވިދާޅުވީ، ދިވެހި ދިފާއީ ބާރުގައި ޑޯނިއާ އަދި ހެލިކޮޕްޓަރުތައް ދުއްވުމުގެ ގާބިލުކަން މިވަގުތު ނެތް ކަމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އެ ގާބިލުކަން ހޯދުމަށް ދިވެހި ސިފައިންގެ އެއް ބެޗު ދަނީ ޓްރެއިނިން ހަދަމުން ކަމަށާއި، އެހެން ނަމަވެސް އަދި ފުރިހަމަވާ ވަރެއް ނުވާތީ މި ވަގުތަށް އެ ގާބިލުކަމެއް ދިވެހި ސިފައިންގެ ކިބައިގައި ނެތް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އެފަދައިން ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އިންޑިޔާއަށް ފޮނުވާލުމަށްފަހު، އެ މީހުންގެ ބަދަލުގައި ރާއްޖެއަށް ވަނީ 76 ސިވިލް މީހުން ނުވަތަ މަދަނީ މީހުން ގެނެސްފައެވެ. އެގޮތުން 76 މަދަނީ މީހުންނަކީ ރާއްޖެއިން ފޮނުވާލި އިންޑިޔާގެ ސިފައިންނަށް ވާ ވަރު ކަމަށާއި، އެ އަދަދަކީ އޮޕަރޭޝަނަށް ބޭނުންވާ އަދަދު ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، އެ އަދަދު އިތުރު ކުރުމަށް ވެސް އިންޑިޔާގެ ސަރުކާރުން މަސައްކަތެއް ނުކުރެއެވެ.

ސަރުކާރުން މިއަދު ހާމަކުރި ގޮތުގައި ރާއްޖޭގައި މީހަރު ތިބި 76 ސިވިލް މީހުންނަކީ، އައްޑު ގަމުގައި 26 މީހުން، ހދ. ހަނިމާދޫގައި 25 އަދި ލ. ކައްދޫގައި 25 މީހުންނެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ