ހަމަލާތައް ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައެއް ނުދޭ: ހަލީލް

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހަމަލާތައް ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުންތައް ލިބުނަސް އެ ހުއްދަ ދީފައި ނުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެ ހަނގުރަމައާ ގުޅިގެން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީން މިވަގުތު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ވިދާޅުވީ މި ކޮމެޓީގެ އެންމެ އިސް މަގުސަދަކީ މިހާލަތުގައި ދިވެހިންނަށް ދިމާވެދާނެ ކުރު އަދި ދިގު މުއްދަތުގެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ޔަގީންކޮށްދިނުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން މިނިސްޓަރު ޚަލީލް ވިދާޅުވީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ތިބި ދިވެހި ރައްޔިތުންގެ ހާލަތު ގާތުން ބަލަމުން ދިއުމާއި، ރާއްޖޭގެ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް ކައިރިން ބަލަމުންދާ ކަަމަށެވެ. އަދި މި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަޅަން ޖެހޭ ފިޔަވަޅުތަކާއި، ކުރަން ޖެހޭ މަސައްކަތްތައް ދިވެހި ސަރުކާރުން ފަށާފައިވާ ކަަމަށްވެސް މިނިސަޓަރު ވިދާޅުވިއެވެ.

”މެދުއިރުމައްޗާއި، ގަލްފުގައި ދެމުންދާ ހަމަލާތަކާއި، ރައްދުގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން އިމްޕޯޓަށް ބަރޯސާވާ، ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެދާނެ އިގްތިސާދީ އަދި ސަލާމަތީ ގޮންޖެހުންތައް މި ކޮމެޓީން މި ދަނީ ވަރަށް ގާތުން ބަލަމުން ކަން،“ ފޮރިން މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.

މިގޮތުން ގައުމުގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތުގައި ހަރުދަނާގެ ނިޒާމެއްގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަަށް މިނިސްޓަރ ވިދާޅުވިއެވެ.

 

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ