ބީއެމްއެލް އިން ދިރުހަމް އަދި ޔުއާން އިން މުއާމަލާތްކުރެވޭ ގޮތް ހަމަޖައްސަނީ

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންނަށް ޔޫއޭއީ ދިރުހަމުންނާއި ޗައިނީސް ޔުއާންއިން މުއާމަލާތް ކުރެވޭ ގޮތް ހަމަޖައްސާން ނިންމާފައިވާކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވެއްޖެއެވެ.

ރޭ ޖެން ހޮޓެލްގައި ބޭއްވި ބީއެމްއެލް އަހަރީ އާންމު ޖަލްސާގައި ކާލް ވިދާޅުވީ ދިރުހަމާ، ޔުއާން އިން މުއާމަލާތްތައް ކުރުމަށް ތައްޔާރުވުމުގެ ގޮތުން އެ ބޭންކުގެ ސިސްޓަމްތައް މިހާރު ކޮންފިގަރޭޓް ކޮށްފައިވާ ކަމަށެވެ. “އަޅުގަނޑުމެންނަށް މިހާރު ޔުއާން އިން ސެޓްލްމަންޓްތައް ލިބެން ބޭނުންވާ ކަސްޓަމަރުންނަށް ޔުއާން އެކައުންޓްތައް ފޯރުކޮށްދީ، ކުރިއަށް އޮތްތަނުގައި ފައިސާ ދެއްކުމަށް މި ހިދުމަތް ބޭނުންކުރެވޭނެ” ކާލް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ބީއެމްއެލް އިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ހުރިހާ ރައްޔިތުން ހިޔާރުކުރާ ބޭންކަށްވުމުގެ އަމާޒުގައި ސާބިތުކަމާއެކުގައިކަން ފާހަގަކޮށް ކާލް ވިދާޅުވީ އެ ބޭންކުގެ ކާމިޔާބީގެ ފަހަތުގައިވަނީ ވަފާތެރި ކަސްޓަމަރުން ކަމަށެވެ.

ކާލް މިހެން ވިދާޅުވެފައިވާއިރު މިދިޔަ އަހަރަކީ ބީއެމްއެލްއިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. އެގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު 2.07 ބިލިއަން ރުފިޔާވަނީ ސާފު ފައިދާގެ ގޮތުގައި ލިބިފައެވެ. އަދި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ