ހުކުރު ދުވަހު ވެސް ޓީޗަރުން ސްކޫލްތަކަށް ނުނެރެން އެޑިއުކޭޝުން އަންގައިފި

ޚަބަރު ފަހުގެ

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި ސަރކިއުލަރއެއްގައި ބުނެފައިވަނީ، މުދައްރިސުން ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމަށާއި މި ސިޔާސަތު ތަންފީޒު ކުރުމަށް ހުކުރު ދުވަސްދުވަހު މުދައްރިސުން މަސައްކަތަށް ނުނެރެން ތަކުރާރުކޮށް ސްކޫލުތަކުގެ ވެރިނަށް އިރުޝާދު ދީފައިވިޔަސް ސްކޫލް ތަކުން އެ އިރުޝާދުތަކަށް ޢަމަލު ކުރަމުން ނުދާކަމަށެވެ.

އެހެން ކަމުން މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސްދުވަހު ސްކޫލުގެ މަސައްކަތްކުރަން މުދައްރިސުން ނެރެނީނަމަ އެމިނިސްޓްރީގެ “ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަނުން” ލިޔުމުން ހުއްދަ ހޯދުމަށްފަހު ނޫނީ މުދަރިއްސުން ހުކުރު ދުވަސްދުވަހު ނުނެރުމަށް އަންގާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެއިތުރުން ދިރާސީ އަހަރުގެ އެއްވެސް ޓާމެއްގެ ޗުއްޓީގައި ޓީޗަރުން ވަޒީފާ އަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ސްކޫލްތަކަށް އަންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ