ފުލުހުން ބުނީ އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި “ސީމެކްސް” ކިޔާ ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީއަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭގެ ވަގުތެއް ކަމަށެވެ.
ގެއްލިގެން ހޯދަނީ ނޭޕާލުގެ މީހެއް ކަމަށްވާ ރާޖް ކުމާރެވެ.
ފުލުހުން ބުނި ގޮތުގައި، ރާޖް ކުމާރް ބޯޓުގައި ނެތްކަން އެނގިފައި ވަނީ އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވަ އެވެ. އެއީ ފުވައްމުލަކާ އަށް މޭލު ދުރުންނެވެ.
ރާޖް ކުމާރް ހޯދުމުގެ މަސައްކަތް އެންއެންޑީއެފްގެ ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.