ވެލެންސިއާ އިން ފަސޭހަކަމާ އެކު ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފި

ކުޅިވަރު ފަހުގެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އިން ފަސޭހަކަމާ އެކު 4-0 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފި އެވެ.

މެޗްގެ ފުރަތަމަ ލަނޑު ޖާހާ ކުލަބް ވެލެންސިޔާއަށް ލީޑް ނަގައިދިނީ ފޯވާޑް އަލީ ފާސިރުއެވެ. ފުރަތަމަ ހާފްގައި 1 ލަނޑު ފެނިގެންދިޔަނަމަވެސް، ދެ ޓީމަށްވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް ޔުނައިޓެޑް ވިކްޓްރީއަކަށް ކުލަބް ވެލެންސިޔާގެ ގޯލް ފޫއަޅުވާލެވިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗްގެ 2ވަނަ ހާފްގައިވެސް ދެ ޓީމަށް ގޯލް ޖެހުމަށް ފުރުސަތުތަކެއް ލިބިފައިވެއެވެ. ނަމަވެސް މިފުރުސަތުތަކުގެ ބޭނުން ހިފާ ކުލަބް ވެލެންސިޔާއިން ވަނީ އިތުރު ތިން ގޯލް ޖަހައި، މެޗްގެ 2ވަނަ ހާފްގައިވެސް ލީޑް އިތުރަށް ފުޅާކޮށްފައެވެ. 2ވަނަ ހާފްގައިވެސް ކުލަބް ވެލެންސިޔާގެ 2ވަނަ ލަނޑު އެޓީމަށް ޖަހާދީފައިވަނީ ފުރަތަމަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިން ޢަލީ ފާސިރުއެވެ. މެޗްގެ އަނެއް 2 ލަނޑު ކުލަބް ވެލެންސިޔާއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އަޝްފާގާއި މިދުހަތުއެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލެންސިއާ އަށް ދެ ލަނޑު ކާމިޔާބުކޮށްދީ އިތުރު ލަނޑެއް ޖަހަން މަގުފަހިކޮށްދިން ސެންޓޭ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ