ތިލަދުންމަތި ސްކޫލު ކުދިންގެ ފެތުމުގެ ދެވަނަ މުބާރާތުގެ ބައެއް އިވެންޓްތަކުގެ ފައިނަލަށް ހަނިމާދޫ ސްކޫލުގެ ދަރިވަރުން ދަތުރުކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

މިހާރު ކުޅުދުއްފުށީ ގައި ކުރިއަށްދާ ތިލަދުންމަތި ސްކޫލު ކުދިންގެ ފެތުމުގެ ދެވަނަ މުބާރާތުގެ ފައިނަލަށް ހަނިމާދޫ ސްކޫލުގެ ދަރިވަރުން ދަތުރުކޮށްފިއެވެ. އެގޮތުން މި މުބާރާތުގެ ފައިނަލަށް ދަރިވަރުން ދަތުރު ކުރީ މުބާރާތުގެ ޕްރިލިމިނަރީ ހީޓް ތަކުގައި ވާދަކޮށް ރަނގަޅު ނަތީޖާ އެއް ހޯދާގެންނެވެ.

އެގޮތުން ހަނިމާދޫ ސްކޫލުގެ 5 ދަރިވަރެއް އަދި 3 އުމުރުފުރާގެ ރިލޭ ޓީމުތައް ވަނީ މި މުބާރާތުގެ ފައިނަލަށް ގޮސްފައެވެ. މިގޮތުން 14 އަހަރުން ދަށުގެ ބައިން އަބްދުﷲ އަޒީން މުޙައްމަދު ވަނީ 3 ބަޔަކުން ފައިނަލަށް ކޮލިފައިވެފެއެވެ. އެއީ 25 މީޓަރ ބްރެސްޓް ސްޓްރޯކް އިންނާއި، 50 މީޓަރ ފްރީ ސްޓައިލުން އަދި 25 މީޓަރ ބަޓަރފްލައި އިން ނެވެ. އަދި ހަމަ 14 އަހަރުން ދަށުގެ ބައިން އިޔާދު ހަސަން އިބާދު ވަނީ 50 މީޓަރ ބްރެސްޓް ސްޓްރޯކް ފައިނަލަށް ދަތުރު ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި 12 އަހަރުން ދަށުގެ ބައިން މުއާޒް ބިން އަބްދުލް ރަޙީމް ވަނީ 50 މީޓަރ ބްރެސްޓް ސްޓްރޯކުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. އަދި 16 އަހަރުން ދަށުގެ ބައިން އިސްމާއިލް ސަމީހް އިބްރާހިމް ޝަހުދީ އާއި ޝައިމަން އިބްރާޙިމް ވަނީ 50 މީޓަރ ފްރީ ސްޓައިލް ފައިނަލަށް ކޮލިފައި ވެފައެވެ.

މީގެ އިތުރުން 16 އަހަރުން ދަށުގެ ބައިން 200 މީޓަރ ފްރީ ސްޓައިލް ހަނިމާދޫ ސްކޫލުގެ ރިލޭ ޓީމުން ފައިނަލަށް ދަތުރު ކޮށްފައި ވެއެވެ. އަދި 14 އަހަރުން ދަށުގެ 100 މީޓަރ ފްރީސްޓައިލް ރިލޭގެ ފައިނަލަށް ހަނިމާދޫ ސްކޫލުގެ ޓީމު ދަތުރު ކޮށްފައިވާ އިރު، 12 އަހަރުން ދަށުގެ 100 މީޓަރ މެޑްލޭ ރިލޭގައި ހަނިމާދޫ ސްކޫލް އިން ވާދަ ކުރާނެއެެވެ.

މި މުބާރާތުގެ ފައިނަލްތައް ބުދަ ދުވަހުގެ ހަވީރު ފެށިގެން ހުކުރު ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ. މި މުބާރާތް ކުރިއަށްދަނީ ކުޅުދުއްފުށީ ސްވިމިންގ ޓްރެކްގައެވެ. މި މުބާރާތުގައި 16 ސްކޫލަކުން 420 ދަރިވަރުން ވާދަކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ