މިއީ ހަނިމާދޫ ސުކޫލް ދަރިވަރުންގެ ލިޔުންތެރި ކަމުގެ ހުނަރު ތަރައްޤީކޮށް، އެހުނަރު އާންމުންނާއި ހަމައަށް ފޯރުކޮށް ދިނުމުގެ މަގުސަދުގައި ގޮށްކޮޅު ނޫހާއި، ހަނިމާދޫ ސުކޫލު ގުޅިގެން ތަޢާރަފުކުރި ކޮލަމެކެވެ.
މިކޮލަމު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ޢަބްދު ﷲ ނާހިދުއެވެ. މި ރަސްމިއްޔާތު ބޭއްވުނީ 29 އޯގަސްޓް 2024 ވަނަ ދުވަހު (މިއަދު) ހެނދުނު ހަނިމާދޫ ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީއެއްގައެވެ.
މި އެސެމްބްލީގައި ނޫތަރި ކޮލަމް ރަސްމީކޮށް އިފްތިތާޙްކޮށް 17 ދަރިވަރަކަށް ވަނީ ފާސް ހަވާލު ކޮށްފައެވެ.
ނޫތަރި ކޮލަމުގެ ލިޔުންތައް ކޮންމެ ބުރާސްފަތި ދުވަހަކު ޝާއިޢު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން، މުހިންމު ޚަބަރާއި މަޢުލޫމާތު ދުވަހުން ދުވަހަށް ގެނެސްދިނުމަށް ވެސް ވަނީ ރޭވިފައެވެ.