އިންޑިއާއަށް ކުރައްވަމުން އަންނަ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ތާޖުމަހަލް އަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސްގެ ދެކަނބަލުން ތާޖްމަހަލަށް ޒިޔާރަތް ކުރައްވާފައިވަނީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނެވެ. ރައީސް ދެކަނބަލުން ތާޖް މަހަލްއަށް ޒިޔާރަތް ކުރައްވާތީ އާންމުންނަށް އެތަން ދެގަޑިއިރަށް ބަންދުކުރިއެވެ.
ތާޖް މަހަލް ހުންނަ އިންޑިއާގެ އުއްތަރުޕްރެދޭޝްގެ އާގްރާ އަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ އުއްތަރުޕްރެދޭޝްގެ ޗީފް މިނިސްޓަރު ޔޮގެންދްރަ އާދިތުޔަނާތުގެ ފަރާތުން ސްޓޭޓް މިނިސްޓަރު ޔޮގެންދްރަ އުޕްދަޔާއެވެ.
ދުނިޔޭގެ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ ތާޖްމަހްލްއަކީ އިންޑިއާގެ އާގްރާގައި ސަތާރަ ވަނަ ގަރުނުގައި އިމާރާތް ކުރި ބިނާއެކެވެ. މި ބިނާއަކީ މަޝްހޫރު މޫގަލް އެމްޕެރަރ ޝާހް ޖަހާން އޭނާގެ އަނބިކަނބަލުން މުމްތާޒްގެ ހަނދާނުގައި ބިނާ ކުރެއްވި ގަނޑުވަރެކެވެ.