ހަނިމާދޫގައި އަމިއްލަ ފަރާތަކުން ހޮސްޕިޓަލެއް ތަރައްޤީކުރުމަށް 20،000 އަކަފޫޓުގެ ބިމެއް ދޫކުރުމަށް ކައުންސިލުން ނިންމައިފި

ހަނިމާދޫ ފަހުގެ

ހދ. ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 154 ވަނަ ޢާންމު ބައްދަލުވުމުގައި، 50 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އިއްތިފާޤުން ފާސްކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، 50 އަހަރުގެ މުއްދަތަށް 20،000 އަކަފޫޓުގެ ބިމެއް ދޫކުރުމަށް ވަނީ ނިންމާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި ގޮތުގައި، ހަނިމާދޫގައި ސިޓީ ހޮޓަލަކާއި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ޤާއިމުވެފައިވުމާއެކު، މި މަޝްރޫޢަކީ ރަށަށް ނުހަނު މުހިންމު ކަމެކެވެ.

އެހެންނަމަވެސް، މި މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޮވުމުގައި، އިތުރު ބިމެއް ހޯދުމަށް އެދުމުގެ ފުރުޞަތު އޮތްކަމާއި، ހޮސްޕިޓަލް ހިންގުމުގެ ޤާބިލުކަން ހުރިތޯ ބެލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢު ވީހާވެސް އަވަހަކަށް ފެށުމަށް މަސައްކަތްކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، 30 އެނދުގެ ހޮސްޕިޓަލެއް ހަނިމާދޫގައި ޤާއިމުކުރުމަކީ ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ވަޢުދެއް ކަމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ