ހަނިމާދޫގައި ލޮލުގެ ނަންބަރު ނެގުމާއި އައިނު ހެއްދުމުގެ ކޭމްޕެއް ބާއްވަނީ

ހަނިމާދޫ ފަހުގެ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރޯޔަލް އޮޕްޓިކަލް ގުޅިގެން މިމަހުގެ 12 އިން 13 އަށް ހދ. ހަނިމާދޫގައި ލޮލުގެ ނަންބަރު ނެގުމާއި އައިނު ހެއްދުމުގެ ޚާއްޞަ ކޭމްޕެއް ކުރިއަށްގެންދަން ތާވަލުކޮށްފިއެވެ.

މި ކޭމްޕް ބޭއްވަނީ ހަނިމާދޫ ޞިއްޙީ މަރުކަޒުގައެވެ. ކޭމްޕްގައި ސްރީލަންކާގެ ތަޖުރިބާކާރު އޮޕްޓޮމެޓްރިސްޓެއްގެ ޚިދުމަތް ލިބޭނެއެވެ. އަދި ލޯ ޓެސްޓިންގ މެޝިންގެ އެހީގައި ލޮލުގެ ނަންބަރު ނަގައިދިނުމުގެ އިތުރުން، ފެންވަރު ރަނގަޅު އަދި މޮޅު ދުނިގަނޑުގައި އައިނު ހެއްދުމުގެ ފުރުޞަތު ލިބޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ކޭމްޕްގައި ބައިވެރިވާ ފަރާތްތަކަށް އަމިއްލަ ދުނިގަނޑަށް ލޯ ލައްވައިދިނުމުގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި އަގު ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސާފައިވާކަމަށް ކޭޕް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން ދެފަހަރުން އަގު ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އަދި ހުރިހާ އަގުތަކަކުން %30 ޑިސްކައުންޓް ދޭނެކަމަށްވެސް އެފަރާތުން ބެނެފައިވެއެވެ.

މި ކޭމްޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނަން ނޯޓުކުރުމަށް 6520083 ނުވަތަ 9369306 ނަންބަރަށް ގުޅުމަށް ކޭންޕް އިންތިޒާމު ކުރާ ފަރާތުން މަޢުލޫމާތުދެއެވެ.

މި ކޭމްޕަކީ ހަނިމާދޫގެ ރައްޔިތުންނަށް ލޮލުގެ ޞިއްޙަތާ ގުޅޭ ޚިދުމަތްތައް ފަސޭހަކަމާއިއެކު ލިބިގަތުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ. އަދި މިފަދަ ކޭމްޕްތަކުން ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ލިބިގަތުމަށް ފަސޭހަވެގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ