ޓީޗަރުންގެ ދުވަހާއި ގުޅިގެން ހަނިމާދޫ ސުކޫލުގައި ޚާއްސަ އެސެމްބުލީ އެއް ބާއްވައިފި

ނޫތަރި ހަނިމާދޫ ފަހުގެ

މި އަހަރުގެ ޓީޗަރުންގެ ދުވަހާއި ގުޅިގެން ހަނިމާދޫ ސުކޫލުގެ އެދުރުބޭ މާލަމުގައި ޚާއްސަ އެސެމްބުލީ އެއް ބާއްވައިފިއެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރަމުން ދަނީ ކޮންމެ އަހަރަކުވެސް އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުއެވެ. ނަމަވެސް އެއީ ބަންދު ދުވަހަކަށް ވުމާއި އެކު މި އެސެމްބްލީ ބޭއްވީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ަމި އެސެމްބުލީ ފެއްޓީ ޤުރުއާންގެ ބަރަކާތުންނެވެ. މި އެސެމްބްލީ ހުށަހެޅީ ސްޓޫޑެންޓް ކައުންސިލްގެ އިސް ދަރިވަރެކެވެ. ހަމަ އެއާއެކު ސްޓޫޑެންޓް ކައުންސިލްގެ އިސް ދަރިވަންކޮޅެއް ވަނީ ޓީޗަރުންގެ އަގުހުރި މަސަތްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހުށެއެޅުންތަކެއް ހުށައަޅާފައެވެ.

ބެލެނިވެރިންގެ ފަރާތުން ދެ ބެލެނިވެރިއަކު ވެސް ވަނީ އެބޭފުޅުންގެ ޝުޢޫރުތައް ފާޅުކުރައްވާފައެވެ. މި އެސެމްބުލީ ނިމިގެން ދިޔައީ ދުވަހަށް ޙާއްސަ ދުޢާ އަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ