ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑު!

ޚަބަރު ފަހުގެ

މެޓް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑު އުފެދިފައިވާ ކަމަށެވެ. އެހެންވުމުގެ ސަބަބުން މިދިޔަ ހަތަރު ދުވަހު އުތުރާއި މެދުތެރޭގެ ސަރަހައްދަށް އާންމުކޮށް ވައި ގަދަވެ އަދި ވިލާގަނޑުގައި ވެސް ވަރަށް ވައި ގަދަވެފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

“މޫސުން ކުރިއަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޯމަ ދުވަހާ ހަމައަށް އާންމު ވައި ގަދަކޮށް ހިފަހައްޓާނެ ކަމަށް ލަފާކުރެވެ،” މެޓް އޮފީހުގެ ބަޔާނުގައި ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މެދުތެރޭގެ އަތޮޅުތަކަށް އެވްރެޖުކޮށް ވައި ޖެހޭނީ 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އެ ސަރަހައްދަށް ގަދަވަޔާ އެކު ވިއްސާރަކޮށް، ގުގުރާނެ ކަމަށް ލަފާކުރެވެ އެވެ.

ދެކުނުގެ އަތޮޅުތަކަށް އެވްރެޖުކޮށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، އަދި ބައެއް އަތޮޅުތަކަށް ގަދަވަޔާ އެކު ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވެ އެވެ.

ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައި ބާރުވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

ހުޅަނގު މޫސުން ނިމި، ރާއްޖެއަށް އިރުވައި މޫސުން ފެށޭނީ އަންނަ ޑިސެމްބަރު މަހު އެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ