މޯލްޑިވިއަން އިން ށ. ފުނަދޫ އެއާޕޯޓަށް ކުރާ ދަތުރުތައް އަލުން ފަށައިފި

ޚަބަރު ފަހުގެ

މޯލްޑިވިއަން އިން ށ. ފުނަދޫ އެއާޕޯޓަށް ކުރާ ދަތުރުތައް އަލުން ފަށައިފި ކަމަށް އެ އެއާލައިން ހިންގަމުންދާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މިއަދު ހާމަކޮށްފި އެވެ.

މޯލްޑިވިއަން އިން ކުރި ޕޯސްޓެއްގައި ފުނަދޫއަށް އަލުން ދަތުރުތައް ފެށިކަން އިއުލާން ކުރަމުން ބުނެފައި ވަނީ ދަތުރުތައް މެދުކެނޑުމުން ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“މޯލްޑިވިއަން އިން ފުނަދޫއަށް ކުރާ ދަތުރުތައް މިހާރު ވަނީ އާންމު އުސޫލުން ފެށިފައި. މި މުއްދަތުގައި ދިމާވި ދަތިތަކާ ގުޅިގެން ކަސްޓަމަރުން ދެއްކެވި ކެތްތެރިކަމާއި އެއްބާރުލެއްވުމަށް އަޅުގަނޑުމެން ޝުކުރު އަދާ ކުރަން.” މޯލްޑިވިއަން އިން ބުނެފައިވެއެވެ.

މޯލްޑިވިއަން އިން ފުނަދޫއަށް ކުރާ ދަތުރުތައް މެދުކަނޑާލީ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް، މިހާރު އެ މައްސަލަ ޙައްލުކުރެވި، ދަތުރުތައް އަލުން ފަށާފައިވާކަން އެނގެއެވެ.

ފުނަދޫއަށް ދަތުރުތައް އަލުން ފެށުމާ ގުޅިގެން ޓިކެޓް އަލުން ބުކްކުރުމަށް ވަނީ ހުޅުވާލާފަ އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 1671 އަށް ގުޅުމަށް ނުވަތަ cc@iasl.aero އަށް އީމެއިލް ކުރުމަށް މޯލްޑިވިއަން އިން އަންގާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ