ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

ކުޅިވަރު ފަހުގެ

ނޭޕާލްގެ ކަތަމަންޑޫގައި ހުންނަ ދަޝަރަތު ސްޓޭޑިއަމްގައި މިއަހަރުގެ އަންހެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން، 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމު ނޭޕާލަށް ފުރީ އާދީއްތަ ދުވަހުގެ ހަވީރު އެވެ.

މުބާރާތުގައި ހަތް ޤައުމަކުން ވާދަކުރެ އެވެ. ނޭޕާލް، ބޫޓާން އަދި ލަންކާ އާއެކު ރާއްޖެ އޮތީ ގުރޫޕް ބީގަ އެވެ. ގުރޫޕު އޭގައި އޮތީ އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާން އެވެ.

އިޝްތިހާރު
އިޝްތިހާރު

މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

ކޮންމެ ގުރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމަށް މުބާރާތުގެ ސެމީ ފައިނަލް އިން ފުރުސަތު ލިބޭނެ އެވެ. ފުރަތަމަ ސެމީ ފައިނަލްގައި ބައްދަލު ކުރާނީ ގުރޫޕް އޭގެ އެއް ވަނަ އަދި ގުރޫޕް ބީގެ ދެ ވަނަ އެވެ. ދެ ވަނަ ސެމީ ފައިނަލްގައި ބައްދަލު ކުރާނީ ގުރޫޕް ބީގެ އެއް ވަނަ އަދި ގުރޫޕް އޭގެ ދެ ވަނަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ