ވޭޕް އޮއިލްގެ ނަމުގައި އެތެރެކުރި މަސްތުވާތަކެތި ޝިޕްމަންޓެއް އަތުލައިގެންފި

ޚަބަރު ފަހުގެ

ވޭޕު އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ޝިޕްމަންޓެއް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަސްޓަމްސްއިން ހިފަހައްޓާފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއްކަމަށެވެ. ވަޒީރު ވިދާޅުވީ އޮޅުވާލައިގެން މިފަދަ ކުށްތަކަށް މަގުފަހިވާގޮތަށް ވިޔަފާރިކުރުމަކީ، ވޭޕްއާއި ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އެހާ ބޮޑު ނިންމެވުމެއް ނިންމަން ޖެހުނު ސަބަބުކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރުމާއި އެ ބޭނުންކުރުން މަނާކުރަން ނިންމަވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިއަހަރުގެ މޭމަހުވެސް، ކެނަބިސް އަޅާފައިވާ ވޭޕްގެ ކާޓްރިޖްތަކެއް ހިފެހެއްޓިކަމަށެވެ. އަދި މިފަދަ ބާވަތްތައް އޮޅުވާލައިގެން ސްކޫލު ކުދިންނަށް ދެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ