ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހާދިސާއެއް ހިނގައި، މީހަކު މަރުވެއްޖެ

ޚަބަރު ޢާޖިލް ޚަބަރު ފަހުގެ

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެއާޕޯޓް ލަގޭޖް އުފުލާ ވެހިކަލެއް ދުއްވާފައި ދަނިކޮށް އޭޕްރަން ސަރަހައްދުގައި ލައިޓް އަދި ކެމެރާ ހަރުކޮށްފައި ހުރި ސްޓްރަކްޗާއެއްގެ ބުޑުގަނޑުގައި ޖެހިފައިވާ ކަމަށެވެ. އަދި ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔަކަމަށާއި އަދި މިހާރު އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހާ އައިޖީއެމްއެޗްއަށް ގެންގޮސް އިތުރަށް ބަލައި، ބޭރުފުށުން ވެސް އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ