ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ޚަބަރު ފަހުގެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި ހޮސްޕިޓަލް އެޅުމަށް ހަވާލުކުރީ މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާ އެވެ.

ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ރޭ ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. ޗިންގެ ފަރާތުން ސޮއިކުރެއްވީ އެ ގުރޫޕް ސީއީއޯ ރޮޖާ ލިން އެވެ. އަދި މެޑޯ އޭޝިއާގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކް އެވެ.

އިޝްތިހާރު
އިޝްތިހާރު

މިމަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގެ ފަރާތުންނެވެ.

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ވަނީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި “ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަޕްލޭން” ވެސް އިފްތިތާހުކޮށްފަ އެވެ.

މިރަސްމިއްޔާތުގައި ވަނީ ތިން ބުރީގެ މި ހޮސްޕިޓަލްގެ ކުރެހުމެއް ވީޑިއޯއެއްގެ ގޮތުގައި ދައްކާލާފަ އެވެ. ވީޑިއޯ އިން ދެއްކި ގޮތުގައި އިމާރާތުގެ އެންމެ ތިރީގައި ހުންނާނީ އިމަޖެންސީ ރޫމާއި ކުޑަކުދިން ކުޅޭ ސަަރަހައްދަކާއި ކެންޓީނެކެވެ.

މީގެއިތުރުން މި ހޮސްޕިޓަލްގައި ބްލަޑް އަދި އޯގަން ޓްރާންސްޕްލާންޓް ޔުނިޓަކާއި ބްލަޑް ޓްރާންސްފިއުޝަން ޔުނިޓަކާއި ލެބޯޓަރީއާއި ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއްވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

 

https://x.com/MoHmv/status/1846377034442068457?t=nqzi1Bz61lSgCbZjNKvj6A&s=1

 

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ