ސާފް ވިމެންސް ޗެމްޕިއަންޝިޕް 2024 ގްރޫޕް ބީ އިން ބޫތާން އަދި ނޭޕާލްއަޢް މޮޅެ

ޚަބަރު ކުޅިވަރު

ނޭޕާލްގެ ކަތުމަންޑޫ ގައި މިހާރު ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕް 2024ގެ ގްރޫޕް ބީ ގެ އެއްވަނަ އަށް ނޭޕާލް ދަތުރުކޮށްފި އެވެ. އަދި ދެވަނައަށް ބޫތާންއެވެ.

ޓްރިޕޫރޭޝްވޯރުގެ ލޯކަލް ދަޝްރަތު ސްޓޭޑިއަމްގައި ހޯމަ ދުވަހު ބޭއްވި މެޗުގައި ބޫޓާން ވަނީ 4-1 އިން ސުރީލަންކާ ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. މި މޮޅާއެކު ބޫޓާނަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. އެއީ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ފުރަތަމަ ހަތް ވަނަ މިނެޓުގައި ބޫތަންވަނީ ލަނޑެއް ޖަހައި ސުރީލަންކާގެ މައްޗަށް ކުރި ހޯދާފައެވެ. މި ލަނޑު ކާމިޔާބު ކޮއްދިނީ ބޫތާންގެ ޑެކީ ލަޒޮމް އެވެ.

އެކަމުގެ ރައްދުގައި ސުރީލަންކާގެ ކެޕްޓަން ޓޫޝާނީ މަޑުއްވަރީ ވަނީ މެޗުގެ 23 ވަނަ މިނެޓުގައި ބޫތާން ކޮޅަށް ލަނޑެއްޖަހާ މެޗްގެ ނަތީޖާ އެއްވަރުކޮއްފައެވެ. މެޗުގެ 32 ވަނަ މިނެޓްގައި ބޫޓާންގެ ޑޯޖީ އަޑެން ވަނީ އެޓީމުގެ ލީޑު ދެގުނައަކުން ކާމިޔާބުކޮށްދީފައެވެ. މެޗުގެ 76 ވަނަ މިނެޓްގައި ޑެކީ ކާމިޔާބުކޮށްދިން ލަނޑަކީ ބޫޓާނަށް 3-1 ގެ ނަތީޖާއަށް ބަދަލުކޮއް ލީޑު ފުޅާކޮއްދީފައެވެ. ޑެކީގެ ލަނޑަށް ފަހު ބޫޓާން ވަނީ ފަހު ވަގުތު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 4-1 އަކަށް ބަދަލުކޮއްފައެވެ. މިލަނޑު ބޫޓާންއަށް ކާމިޔާބު ކޮއްދިނީ އެޓީމުގެ ނަމްގްޔާލް ޑެމާއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭ އަތުން ނޭޕާލް ވަނީ ފައްސޭހަކަމާއެކު މެޗް ކާމިޔާބުކޮއްފައެވެ. ދިވެހިރާއްެޖެ އަތުން 11-0 އިން ނޭޕާލުން މޮޅުވީ ރޭކާ ޕައުޑެލް އާއި ޕްރީތީ ރާއީގެ ހެޓްރިކްތަކުގެ ސަބަބުންނެވެ.

ބޫޓާން ވެސް ދެ މެޗުން ހަތަރު ޕޮއިންޓް އޮތް ނަމަވެސް ގޯލުގެ ތަފާތުން ނޭޕާލް ވަނީ ގްރޫޕް ބީ އިން އެއްވަނަ ހޯދަފައެވެ. ތިން ޕޮއިންޓާއެކު ސުރީލަންކާ ތިން ވަނައިގައި އޮތްއިރު، ދިވެހިރާއްޖެއަށް އެއްވެސް ޕޮއިންޓެއް ލިބިފައި ނުވެއެވެ.

މެޗުގެ ސްޓާރަކަށް ރެކާ ޕައުޑެލް ވަނީ މެޗުގެ 32 ވަނަ، 42 ވަނަ، 48 ވަނަ، 63 ވަނަ، އަދި 77 ވަނަ މިނެޓުގައި ފަސް ގޯލް ނޭޕާލްއަށް ކާމިޔާބުކޮށްދީފައެވެ. މެޗުގެ 6 ވަނަ މިނެޓާއި 65 ވަނަ މިނެޓާއި 87 ވަނަ މިނެޓުގައި ޕްރީތީ ރާއީ ވަނީ އިތުރު ތިން ލަނޑު ޖަހާފައެވެ. ސަބީތާ ރާނާ މަގަރ، އަނީތާ ކޭސީ، އަދި އަމީޝާ ކާކީ ވެސް ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖަހައި މެޗުގެ 29 ވަނަ މިނެޓާއި 68 ވަނަ މިނެޓާއި 88 ވަނަ މިނެޓުގައި ކާމިޔާބުކުރި އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޭޕާލް ނުކުންނާނީ ސުރީލަންކާއާއި ދެކޮޅަށް، ބޫޓާން ނުކުންނާނީ ދިވެހިރާއްޖެއާއި ދެކޮޅަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ