މަރުވެފައިވަނީ އުމުރުން 63 އަހަރުގެ ބެލަރޫސް އަންހެނެކެވެ.
ފުލުހުން ބުނީ ވ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން އުޅޭ ކަމަށް މިއަދު ހެނދުނު 11:29 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން ފެލިދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.